-Advertisement-

-Advertisement-

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 57 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން 57 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ވަގޮތުން މިއަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިމައްސަލަ އާއި ގުޅިގެން ސެޕްޓެމްބަރު 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމަރުކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގައި ޖިންސީ އަނިޔާ ލިބުނު މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީވެ، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުން ދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-