ހއ. މާރަންދޫ ކައުންސިލްގައި ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި- އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރު ކާމިޔާބުކުރެއްވުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އަބްދުއްސައްތާރަށް އިންތިޚާބުން ލިބިވަޑައިގެން ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ.
އެމަނިކުފާނު ވަނީ ކާމިޔާބީ ހޯދުމަށް މަސައްކަތްކުރި އެންމެންނަށާއި ވޯޓުގައި ބައިވެރިވީ ރައްޔިތުންނަށް ވެސް ޝުކުރު އަދައިކުރައްވައިފައެވެ.
ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރު ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ 285 ވޯޓާއެކު އެވެ. މި އިންތިހާބަކީ ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙުމަދު ރަމީޒު ކުއްލި ގޮތަކަށް ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން އެމަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާފައިވާ އިންތިހާބެކެވެ.
މި އިންތިޚާބުގައި އަބްދުލްހަމީދު އަބްދުއްސައްތާރުގެ އިތުރުން ވާދަކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުޙައްމަދެވެ.