-Advertisement-

-Advertisement-

ދީނީ މަސައްކަތް ކުރާ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި

ދީނީ އިޖްތިމާޢީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ފެށި މި މަހާސިންތާގައި 70 ޖަމިއްޔާއަކުން 98 މަންދޫބުން ބައިވެރިވެއެވެ.

މިއަހަރުގެ މަހާސިންތާގައި ދާދިވަރުކޮށްވެސް މަންދޫބުން ޖަމިއްޔާތައް ތަމްސީލު ކުރަމުން އަންނަ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ވިދާޅުވެއެވެ.

މި މަހާސިންތާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ދީނީ ވަޙުދަތު ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތް ކުމެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

މި މަހާސިންތާގައި ދީނީ ތަފާތު މައުޟޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެއެވެ. އަދި ޖަމިއްޔާތަކުގެ މެދުގައި ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-