އެސިސްޓެންޓް ކޮމިޝަނަރުކަމުގެ މަގާމަށް ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ޕްރޮމޯޓްކޮށްފިއެވެ.
ދާއޫދަށް ޕްރޮމޯޝަން ހަވާލުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިޙްސާނެވެ.
މިވަގުތު ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ހެޑްގެ މަގާމު ހުންނެވި ދާއޫދު މީގެ ކުރިން ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމު ވެސް ވަނީ އަދާ ކުރައްވާފައެވެ. މީގެއިތުރުން، ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް ދާއޫދު ވަނީ އަދައިކުރައްވައިފައެވެ.
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރުކަމުގެ މަގާމަކީ އެ މުއައްސަސާގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކަށްވާއިރު، ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ކޮމިޝަނަރުގެ މަޤާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާއެވެ.