-Advertisement-

-Advertisement-

މާފަންނު ގެޔަކުން މަރުވެފައި އޮތް މީހެއް ފެނިއްޖެ

މާފަންނު ގެޔަކުން މަރުވެފައި އޮތް މީހެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާފަންނު ގެޔަކު މަރުވެފައި އޮތް މީހެއް ފެނުނުކަމުގެ ރިޕޯޓެއް ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ހެޒްމެޓް ސޫޓު ލައިގެންނެވެ.

ހެޒްމެޓް ސޫޓަކީ އަންމުކޮށް މަރުވެ ގިނަ ދުވަސްވެފައިވާ މީހަކު ނުވަތަ މަރައިލަިއފައި އޮތް މީހަކު ފެނިއްޖެނަމަ އެޓެންޑް ވުމަށް ފުލުހުން ބޭނުންކުރާ ހެދުމެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ފެނިފައި ވަނީ މ ގަޑިބުރު ކައިރިގައި ހުންނަ މ ނަލަހިޔާ މަންޒިލްގެ ކޮޓަރިއަކުންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރު އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-