-Advertisement-

-Advertisement-

އީވް ކްލިނިކް ކައިރީ ގެއެއްގެ ބިއްލޫރި ކުޑަދޮރު މީހެއްގެ ބޮލަށް ވެއްޓިއްޖެ!

Breaking News

އީވް ކްލިނިކް ހުންނަ ޖަހާމުގުރި ގޯޅި ތެރޭގައި ހުރި ގެއެއްގެ ބިއްލޫރި ކުޑަދޮރު އެމަގުން ދިޔަ މީހެއްގެ ބޮލަށް ވެއްޓިއްޖެއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ މާފަންނު ޖަހާ މުގުރި ގޯޅީގައި ހުރި ގެއެއްގެ 6ވަނަ ފްލޯގެ ދޮރުގެ ބިއްލޫރި ގަނޑެއް މަގުމައްޗަށް ވެއްޓިފައިވާ ކަމަށް މިރޭ 19:12 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި ބިއްލޫރި ގަނޑު ވެއްޓުނު ވަގުތު ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ކަމަށާއި އެވަގުތު އެސައިކަލު މަތީގައި އިން ދިވެހި ފިރިހެނެއްގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެމީހާއަށް އަނިޔާވެފައިވާ ކަމަށެވެ.

އެސައިކަލު އެއީ އެވަގުތު އެތާންގައި ޕާކުކުރަން އުޅުނު ސައިލެއް ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި އަނިޔާވެފައިވާ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ މިހާރު ބަލަމުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-