-Advertisement-

-Advertisement-

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ފެންގަނޑު ހިންދަން ސިފައިން ނުކުމެއްޖެ

ފޮޓޯ: އެމްއެންޑީއެފް

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ފެންގަނޑު ހިއްކުމަށް ސިފައިން ނުކުމެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރާއްޖެއަށް އަނެއްކާވެސް މޫސުން ގޯސްވެފައިވާއިރު، މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މާދަން ހެނދުނު 6:00އި ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފޮޓޯ: އެމްއެންޑީއެފް

އެގޮތުން މެދުރާއްޖެތެރެ އާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެއިދާރާއިން ވިދާޅުވި އެވެ.

ހަމައެއާއިއެކު، އެއިދާރާއިން ވިދާޅުވީ ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށާއި، ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވުން އެކަށީގެންވާއިރު، ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-