-Advertisement-

-Advertisement-

ޕޯސްޓުމޯޓަމަށް ފަހު މުހައްމަދު ހަސަންގެ ހަށިގަނޑު މާލެ ގެނެސްފި

ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ހަސަންގެ ހަށިގަނޑު ދޯންޏަކަށް ނަގާފައި

ހދ. ކުޅުދުއްފުށީ ފަޅުތެރެއިން މަރުވެފައި ފެނުނު މުހައްމަދު ހަސަންގެ ހަށިގަނޑު، ޕޯސްޓުމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު ފެނުނު މުހައްމަދު ހަސަންގެ ހަށިގަނޑު އެންމެ ފުރަތަމަ ބެލި ކުޅުދުއްފުށީ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވަނީ، ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމަށެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ކުރިން ބުނެފައިވަނީ، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

ޝައްކު ކުރެވޭ މަރުތަކުގައި މަރުގެ ސަބަބު ބެލުމަށް ފުލުހުން އާންމުކޮށް ހަށިގަނޑު ފޮނުވަނީ އިންޑިއާއަށެވެ. މުހައްމަދު ހަސަންގެ މަރާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކަށުނަމާދުގެ މައުލޫމާތު ހިއްސާކުރާ ޕޭޖުގައިވާ ގޮތުން ކުޅުދުއްފުށީ މުހައްމަދު ހަސަންގެ ކަށުނަމާދު އޮންނާނީ އަސްރު ނަމާދަށް ފަހު ހުޅުމާލެ ސަރަހަރާގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-