-Advertisement-

-Advertisement-

އިނގިލި ބުރިކޮށްލާނެ ކަމަށްބުނެ ފޭރުނު މީހުން 15 ދުވަހަށް ބަންދުކޮށްފި

އިނގިލި ބުރިކޮށްލާނެ ކަމަށްބުނެ އިންޒަރުދީ ބިރުދައްކައިގެން ބިދޭސީންތަކެއްގެ އަތުން ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ލާރީ ނުދީފިނަމަ، އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދައްކައިގެން ދެ ބިދޭސީއެއްގެ ވޮލެޓްގައި ހުރި ފައިސާ ފޭރިގެން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ، އަތިރީއާގެ، އުމުރުން 37 އަހަރުގެ އަހުމަދު ސިވާތް އަދި ސ. ހިތަދޫ، ޑިލައިޓްފޭސް، އުމުރުން 37 އަހަރުގެ މުހައްމަދު ސާލިމެވެ.

މި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެ ދެމީހުން 15 ދުވަހަށް ބަންދުކުުރުމަށް އަމުރުކޮށްފައެވެ.

ބިދޭސީން އަތުން މި ދެމީހުން ފޭރުނު ފައިސާ މިހާރު ހޯދައިފައިވާއިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-