-Advertisement-

-Advertisement-

500އަށް ވުރެ ގިނަ އިމާނުންނާއެކު ރާއްޖޭގެ ފުރަތަމަ އިމާމުންގެ މަހާސިތާ ފަށައިފި

ފޮޓޯ- އިސްލާމިކް މިނިސްޓަރީ

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ، 500އަށް ވުރެ ގިނަ އިމާމުންނާއެކު މިއަދު ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ފެށި މި މަހާސިންތާގައި ރާއްޖޭގެ 208 މިސްކިތަކުން 500 އިމާމުން ވަނީ ބައިވެރިވެފައެވެ.

މި މަހާސިންތާ ފެށުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިމާމުންގެ މަހާސިންތާއަކީ ބޮޑު ހެޔޮކަމެއްގެ ފެށުން ކަމަށާއި މި މަހާސިންތާގައި މަޝްވަރާކުރެވި ޚިޔާލު ބަދަލުކުރެވިގެން ދާ ކަންކަން ލަސްތަކެއް ނުވެ ތަންފީޒު ކުރައްވާނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ، އެމަނިކުފާނުން މީގެ ކުރިން ވަޒީރުކަމުގައި ހުންނެވި އިރު އެކުލަވައިލެއްވި އިމާމުންގެ އޮނިގަނޑު ހައްލުކުރައްވައި އަލުން އެކުލަވާލުމުގެ ޝައުޤުވެރިކަން ހުރިކަންވެސް ހާމަކުރައްވައިފައެވެ.

މި މަހާސިންތާގައި ތަޖުވީދު އިލްމު، ތަފްސީރު، ފިގްހު، ހަދީސް، އަގީދާ، އިލްމީ މައުލޫމާރު، އިމާމުން އިތުރަށް ތާޒާ ކުރުމުގެ އިތުރުން މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އިމާމުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.

މި ސަރުކާރުން މުޅިން އަލަށް ފެށި ޒުވާން ޚަޠީބުންގެ ޕްރިގްރާމުން ދަސްވެނިނި ޚަޠީބުންވެސް މި މަހާސިންތާގައި ބައިވެރިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-