-Advertisement-

-Advertisement-

ހުޅުމާލޭގައި މާރާމާރީއެއް ހިނގާ ބިދޭސީއަކަށް އަނިޔާވެއްޖެ

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

ހުޅުމާލޭގައި މާރާމާރީއެއް ހިނގައި ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ ރޭ ދަންވަރު 3:50 ހާއިރު ހުޅުމާލޭގައި ހިންގި މާރާމާރީއެއްގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިމާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-