-Advertisement-

-Advertisement-

އައްޑޫ ސިޓީ މަރަދޫއިން ގެއްލިގެން ހޯދި މީހާ ފެނިއްޖެ

ފޮޓޯ: ސޯޝަލްމީޑިއާ

އައްޑޫ ސިޓީ މަރަދޫއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރަދޫ ފޭދޫ އިން ގެއްލިގެން ހޯދަމުން ދިޔަ މަރަދޫ ދުންފިނިގޭ އަހުމަދު ހާރޫނު އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން މިއަދު ހަވީރު 17:05 ހާއިރު ފެނިފައިވާ ކަމަށެވެ.

ހާރޫނުގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އޭނާ މިހާރު މަރަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހާރޫނު އަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހެކެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 19:00 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް ގެއަށް ނައިސް ގެއްލިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-