-Advertisement-

-Advertisement-

ފުރަތަމަ ފަހަރަށް ބަންގްލަދޭޝްގައި ރާއްޖެ އިޝްތިހާރުކޮށްފި

ފޮޓޯ: އެމްއެމްޕީއާރުސީ

ފުރަތަމަ ފަހަރަށް ބަންގްލަދޭޝްގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

މި ފެއާއަކީ އެމްއެމްޕީއާރުސީން އިސް ނަގައިގެން ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާ ގުޅިގެން ކުރިއަށް ގެންދާ ފެއާއެކެވެ.

ބަންގްލަދޭޝްގައި ކުރިއަށް ގެންދާ “އޭޓީއެފް ޑާކާ 2024” ގެ ޕްރައިމް ޕާޓްނަރު ގައުމުގެ ގޮތުގައި ރާއްޖެ އިން ބަންގްލަދޭޝް އަށް ދިޔަ ވަފްދުގައި 23 އިންޑަސްޓްރީ ޕާޓްނަރުންގެ 37 މަންދޫބުން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީ އިން މިކަމާއި ގުޅޭ ގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ބަންގްލަދޭޝްގައި މިހަރު ކުރިއަށް ގެންދާ އޭޓީއެފް ޑާކާ ފެއާ އަކީ އޭޝިއާގެ ގައުމުތަކުގެ އަމިއްލަ ފަރާތްތަކާއި، ޖަމިއްޔާތަކާއި، ތަރައްގީގެ އިދާރާތަކުގެ މެދުގައި ފަތުރުވެރިކަމުގެ ވިޔަފާރި ނެޓްވޯކިން އާއި ކޯޑިނޭޝަންގެ މައްޗަށް އެކުލެވޭ ފެއާއެކެވެ.

މި ފެއަގައި އެކި ޤައުމުތަކުގެ ސަޤާފަތް ދައްކާލުމުގެ އިތުރުން ސެމިނާތަކާއި ވޯކްޝޮޕްތައް ވެސް ކުރިއަށް ގެންދާއިރު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ ރާއްޖޭގެ ތަފާތު ހުށަހެޅުންތަކާއި ބަންގްލަދޭޝް މާކެޓުގެ މުހިންމުކަމާ ބެހޭ ގޮތުން މިފެއާގައި ވާހަކަ ދައްކާފައެވެ.

މިފެއާ އާއި ގުޅޭ ގޮތުން އެމްއެމްޕީއާރުސީން އާންމުކުރި ބަޔާނުގައި އެންއެޗްގޭމް އާއި މަޓާޓޯއާ ގުޅިގެން ރާއްޖޭގެ ރީތިކަމާއި، ތަފާތުކަމާއި، ދެމެހެއްޓެނިވިކަން ދައްކުވައިދޭ އިނޮވޭޓިވް މާކެޓިންގ ކެމްޕޭންތަކާއި ސްޓްރެޓެޖިކް ޕާޓްނަޝިޕްތައް އުފެއްދުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން ދާކަމަށް ބަޔާންކޮށްފައިވެއެވެ.

“އޭޝިއާގެ ފަތުރުވެރިކަމުގެ އިދާރާތަކާ ގުޅިގެން ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ޕްރޮމޯޓް ކުރުމަށް އޭޓީއެފް ރާއްޖެއަކީ ޚާއްސަ ފުރުސަތެއް. އަޅުގަނޑުމެން އުންމީދު ކުރަނީ މި މާކެޓު ފުޅާކުރުމަށް، ރާއްޖެއަކީ ރީތިކަމާއި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ހޯދަން ބޭނުންވާ ދަތުރުވެރިންނަށް އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ދައްކާލާނެ،” ޝިއުރީ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-