-Advertisement-

-Advertisement-

މާލޭގެ ގެޔަކަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

މާލޭގެ ގެޔަކަށް ބަޔަކު ވަދެ ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ގެޔަކަށް ބަޔަކު ވަދެ މާރަމާރީ ހިންގި ކަމުގެ ރިޕޯޓެއް އިއްޔެ އިރު އޮއްސި 18:40 ހާއިރު އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

އެގޮތުން މި މާރާމަރީގައި އަނިޔާވި ފިރިހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދިންކަން ހާމަކޮށް ފުލުހުން ވަނީ މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާކަމަށް ބުނެފައެވެ.

މި ފަހަކަށް އައިސް މީހުން ރަހީނުކުރުމާއި، މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރިޕޯޓު ވަރަށް ބޮޑަށް އިތުރުވެ، އެ ކަމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅުކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-