-Advertisement-

-Advertisement-

މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ފަށައިފި

މާފަންނު ސަހަރާ.ފޮޓޯ: މިހާރު

މާފަންނު ސަހަރާ އޮތް ބިމަކީ އިޖުތިމާއީ ބޭނުމަކަށް ބޭނުން ކުރެވޭނެ ތަނަކަށް ހެދުމަށްޓަކައި އެތަން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާފަންނު ސަހަރާ ހުސްކުރުމުގެ އަމަލީ މަސައްކަތް ފާއިތުވި ހަފްތާގައި ފެށި އިރު އެ މަސައްކަތުގެ ދަށުން  36،153 އަކަފޫޓުގެ ސަރަހައްދުގައިވާ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ ފުރާނައި ހުޅުމާލޭ ސަހަރާއަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

ހަމަ އެޔާއެކު މި މަސައްކަތުގެ ދަށުން މިހާރު ސަހަރާގައި ހުރި ގަސްތައް ނަގައި ސިޓީ ކައުންސިލުން ދައްކާ ސަރަހައްދެއްގައި އެ ގަސްތައް އިންދުމަށްވެސް ހަމަޖެހިފައިވާކަމަށް އެ އިދާރާއިން ވަނީ ހާމަކުރައްވައިފައެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުން އިތުރަށް ވިދާޅުވީ، މާފަންނު ސަހަރާގައި މީހުން ވަޅުނުލާ އެތައް ދުވަހެއް ވެފައިވުމުގެ ސަބަބުން އެތަން އެހެން ބޭއްވުމުގެ ބަދަލުގައި ސާފުކޮށް އެތަނަކީ އާންމުންނަށް ބޭނުންކުރެވޭ ހިތްހަމަ ޖައްސާލަން ފިނިކޮށްލަން މަޑުކޮށްލެވޭ ތަނަކަށް ހެދުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-