-Advertisement-

-Advertisement-

ރާއްޖެ އާއި ލަންކާގެ ގުޅުން ވަރުގަދަކުރަން މަސައްކަތް ކުރާނަން: ޑިސެނަޔަކަ

ފޮޓޯ: ލަންކާ އޮންލައިން

އެކުގައި މަސައްކަތްކޮށްގެން ދިވެހިރާއްޖެ އާއިއެކު ސްރީލަންކާއާއި ދެމެދު އޮންނަ އެކުވެރިކަމުގެ ތާރީޚީ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް ހުންނެވީ ތައްޔާރަށް ކަމަށް ސްރީލަންކާގެ އައު ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޑިސަނަޔަކައަށް މަރުހަބާ ދަންނަވާ، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

މިމެސެޖާއި ގުޅިގެން ޑިސަނަޔަކަ ވިދާޅުވީ ރައީސަށް ޝުކުރު ދަންނަވައި ދެގައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ތާރީޚީ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޑިސަނަޔަކަ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ޖުމްލަ 5.74 މިލިއަން ވޯޓުންނެވެ. މިއިންތިހާބުގައި ޑިސަނަޔަކަ އާއި އެންމެ ގާތުން ވާދަ ކުރެއްވި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އަށް 4.5 މިލިއަން ވޯޓު ލިބިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-