-Advertisement-

-Advertisement-

މާލޭގައި ޕާކިން ސްލޮޓްތައް ދޫނުކުރަން އަންގައިފި

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ޖަނަވަރީ މަހު އެ މިނިސްޓްރީން ބޭއްވި ބްރީފިންއެއްގައި ވާހަކަދައްކަވަނީ – ފޮޓޯ: އެޑިޝަން.އެމްވީ

މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓްތައް ދޫނުކުރަން ޓްރާސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް މިއަދު އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާއްމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މިފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ މާލޭގެ މަގުތަކުގައި ޢާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީއާއި، އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ޙައްލުކުރުމަށް މަގުފަހިކުރުމަށާއި، އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ ޢާންމު ޖާގަތަށް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލަށް އަންގާފައިވާނޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން މި ތާރީޚާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން އެ ޖާގަތައްވެސް އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫނުކުރުމަށް އެކައުންސިލަށް އަންގާފައިވާނޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-