ކުޑަކުޑަ ދިވެހިރާއްޖޭ އަޑު އދ ގެ އާންމު މަޖިލިހުގައި ފަލަސްޠީނުގެ ދިފާއުގައި އިއްވާލައިފިއެވެ.
އެގޮތުން ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލު ޢާންމަކީ ބައިނަލްއަޤުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވަންޖެހޭކަމެއްގެ ގޮތުގައި ގޮވާލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އދ.ގެ އާންމު މަޖިލީހުގައި ރޭ އެމަނިކުފާނު ކުރެއްވި ތަޤުރީރުގައި އަޑު އުފުއްލަވައިފައެވެ.
ރައީސްގެ ތަޤްރީރުގައި ވިދާޅުވީ އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްޠީނުގެ ސްކޫލުތަކާއި ގެތަކަށް ހަމަލާދީ ކުޑަކުދިންނާއި އަންހެނުން މަރައިގެން ހިންގަނީ ޓެރަރިޒަމްކަން ފާހަގަކުރައްވައި ރައީސް ވަނީ އިންސާނިއްޔަތު އޮތީ ވަރަށް ދެރަ ހާލުގައި ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ބަނޑުހައިހޫނުކަމާއި ހަނގުރާމަތަކާއި ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވުން ފަދަ އެތައް ކަމެއްގެ ސަބަބުން މީހުން ވަރަށް ދެރަ، ދަތި ހާލުގައި އުޅެމުން އަންނަކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން އިސްރާއީލުން ހިންގަމުންދާ ޤަތުލު ޢާންމުތަކަށް އެ މީހުން ޖަވާބުދާރީ ކުރުވަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ ފަލަސްތީނުގައި އެތައް ހާސް މީހުންނެއް މަރަމުން އަންނައިރު ދުނިޔެއަށް އެކަން އިހުސާސް ނުކުރެވިގެން އުޅެނިކޮށް ލުބުނާންގައި އަނެއްކާ އިޒްރޭލުން ސަތޭކަ އެތައް މީހުންނެއް މަރައިލާފައިވާކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ހަމައެޔާއެކު އެ އެ ލާއިންސާނިއްޔަތު ކަވަރުކުރަން ހަރަކާތްތެރިވާ ނޫސްވެރިންނަށްވެސް ޙަމަލާދީ ޤަތުލުކުރަމުން ގެންދާކަން ރައީސް ވަނީ ފާހަގަކުރައްވައެވެ.
“މި ޓެރަރިޒަމްގެ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވަންޖެހޭ” – ރައީސް
ހަމައެޔާއެކު ރައީސް ވަނީ، 1967 ގައި ކުރެހި ބޯޑަރުގެ ތެރެއިން ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުމަށް ގޮވާލައި ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ގޮވާލައިފައެވެ.