-Advertisement-

-Advertisement-

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލުކޮށްފި

ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން ބާތިލުކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްބަސްވުން ބާތިލުކޮށްފައި ވަނީ އަގުކުޑަކޮށް ދޭން ކޮންޓްރެކްޓަރާ ދެކެވުނު ވާހަކަތަކެއް ކޮޅެއްގައި ނުޖެހުމުގެ ސަބަބުންނެވެ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް ހެދުމުގެ އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން 168.5 މިލިއަން ރުފިޔާއަށެވެ.

ކުރީގެ ސަރުކާރުގައި  2022 ސެޕްޓެމްބަރު 29،  ގައި މިމަސައްކަތް ހަވާލުކޮށްފައިވާއިރު، ސްކޫލުގެ އަމަލީ މަސައްކަތް ފެށިފައި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ ކުރީކޮޅު ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެތަނުގައި އިމާރާތް ކުރާ އަރަބިއްޔާ ސްކޫލަކީ 10 ބުރިއަށް 42 ކްލޫސް ރޫމާ އެކީ އެންމެ ޒަމާނީ ފެންވަރަށް، ހުރިހާ ވަސީލަތްތައް އެކުލެވޭ ގޮތަށް އިމާރާތްކުރާ ސްކޫލެކެވެ. އަދި އެތަނުގައި ސައިންސް ލެބާއި ލެބޯޓްރީތަކާއި މަލްޓިޕާޕަސް ހޯލާއި ކުދިން ކުޅޭނެ ޓާފް ދަނޑެއް ވެސް އޮންނާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-