އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އެ ސިޓީއަށް ފެނުގެ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ.
އައްޑޫސިޓީއަށް ފެނުގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ، ފެން ޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްފަހު މިހާރު ފެނުގެ ޚިދުމަތް އަލުން ފަށައިފައި ވާކަމަށެވެ.
އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓުގެ ބޯރްހޯލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލާންޓްގެ އޮ ހުއްޓުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެއާއެކު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ފެނަކަ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ވަނީ މައްސަލަ ހައްލު ކުރުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި އައްޑޫގެ އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ދެއްވި އަވަސް އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.
އަދި އެފަދަ ކަންކަމުގައި އެ ކުންފުނީގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ފެނަކައިން ވަނީ ޝުކުރުއަދާކޮށްފައެވެ.
އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން، އެއް އަހަރުގެ އަޕްގްރޭޑިން ޕްރޮޖެކްޓެއް މިހާރު ވަނީ އެމްޑަބްލިއުއެސްސީއާއި ވަނީ ހަވާލުކޮށްފައެވެ.