-Advertisement-

-Advertisement-

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ!

އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ މައި އޮފީސް. ފޮޓޯ: އެޑިޝަން.އެމްވީ

މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރައިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތެއް މާދަމާ ހެނދުނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމުގައި ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި ނެޓްވޯކް ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށްވާތީ، އެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:15 އާއި ދެމެދު މާލޭގެ މާފަންނު މައްޗަންގޮޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީންގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

އަދި ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

ކަރަންޓް ވިއުގަރ އަޕްގްރޭޓް ކުރުމާއި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ސްޓެލްކޯއިން ކުރިއަށް ގެންދާއިރު ދުރާލައި އަބަދުވެސް ކަސްޓަމަރުންނަށް އަންގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-