-Advertisement-

-Advertisement-

ޕާކިންގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި 4000 ޕާކިން ޔުނިޓް އަޅަން ހަވާލުކޮށްފި

ހުޅުމާލޭގައި އިމާރާތް ކުރާ 4000 ޕާކިންގ ޔުނިޓްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން - ފޮޓޯ/އެޗްޑީސީ

މާލެ ސަރަހައްދުގެ ޕާކިންގް ޖާގައިގެ ދަތިކަން ހައްލުކޮށް ޕާކް ކުރާނެ ތަންތަން ނެތުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހުޅުމާލޭގައި 4000 ޕާކިންގް ޔުނިޓް ހިމެނޭ 15 ޓަވަރު ހެދުމުގެ މަސައްކަތް ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި މަޝްރޫޢު އެޗްޑީސީއާއި ހަވާލުކުރުމުގެ ގޮތުން އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރީ، ޒާހިރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން  މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ އިތުރުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު، މުހައްމަދު އަމީނެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން އިމާރާތްކުރެވޭ 4000 ޕާކިންގް ޔުނިޓްގެ 15 ޓަވަރުގެ ތެރޭގައި ޖުމްލަ 3،920 ކާރު ސްލޮޓާއި، ސައިކަލަށް ހާއްސަ 3،426 ޖާގަ ހިމެނެއެވެ. މި ޖާގަތަކުގެ ތެރެއިން ބީލަމުގެ އުސޫލުން %90 އިންސައްތަ ޖާގަ ދޫކުރަން ނިންމާފައިވާއިރު، ބާކީ %10 ދޫކުރަން ނިންމާފައި ވަނީ އެ ޕާކިން ބިލްޑިންގެ ތިރީ ފަންގިފިލާގައި ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ކަމުގައިވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާގޮތަށް މިއަދު ހަވާލު ކުރެވުނު މަސައްކަތް ނިމުމާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގް ޖާގައިގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމުގައި ވަޒީރު އަމީން ވިދާޅުވިއެވެ.

އަދި މިއީ ޕާކިންގް މައްސަލަތައް ހައްލު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-