-Advertisement-

-Advertisement-

ލ.ފޮނަދޫގައި ހިނގަމުންދާ އިންޖީނުގޭގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ނިމެނީ

ފޮޓޯ: ފެނަކަ

ލ. ފޮނުދޫގައި ހިންގަމުންދާ ފެނަކަ އިންޖީނުގެއަށް ޖާގަ އިތުރުކުރުމުގެ 92 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް ފެނަކައިން ބުނެފިއެވެ.

މިއަހަރުގެ އޭޕްރީލް މަހު ފަށައިގެން، ފެނަކައިން އިން-ހައުސްކޮށް ކުރިއަށް ގެންދާ މި މަޝްރޫޢުގެ ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، އިތުރު ކުރެވޭ ބައިގެ ފުރާޅާއި ތަޅުމުގެ މަސައްކަތާއި ކަވަރިންވެސް އެއްކޮށް ނިމިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ފެނަކައިން ވަނީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ބާކީ ހުރި މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވެސް ބުނެފައެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫއަކީ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތް ދިނުމަށްޓަކާ ބޭނުންވާނެ ޖާގަ އިތުރުކުރުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށާއި މިމަޝްރޫއު ފުރިހަމަވާއިރު، 1.2 މެގަވޯޓުގެ 2 ޖެންސެޓް ބެހެއްޓޭނެ ޖާގަ އިތުރުވެގެންދާނެ ކަމަށެވެ.

ފޮނަދޫ އަކީ ލ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވެފައި އެރަށަކީ ޢުމްރާނީ މަސައްކަތްތަކާއި ވިޔަފާރީގެ ޙަރަކާތްތައް ފުޅާވަމުން އަންނަ ރަށެއްކަމުން ކަރަންޓުގެ ކެޕޭސިޓި އިތުރުވުމަކީ، އެރަށަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފެނަކައިން ބުނެފައިވެ އެވެ. މިއާއިއެކު ފެނަކައިން ބުނެފައި ވަނީ އިތުރުކުރެވުނު ޖާގައިން މިހާރު ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-