-Advertisement-

-Advertisement-

ފަތުރުވެރިކަމުގެ ސީޒަންއަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލުން ބައްދަލުވުމެއް ބާއްވައިފި

އެމްއޭސީއެލް

ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއަރޕޯޓް އޮޕަރޭޝަންސްއަށް ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވަރާ ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމް.އޭ.ސީ.އެލް)ގެ އެއަރޕޯޓް އޮޕަރޭޝަންސް ޑިވިޝަނުން މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.

އެމްއޭސީއެލުން ހާމަކޮށްފައިވާ ގޮތުގައި މިބައްދަލުވުމުގެ މަޤުސަދަކީ ގޮންޖެހުންތައް މަޝްވަރާކޮށް އެކަންކަން ހައްލުކުރަން ކުރެވިދާނެ މަސައްކަތްތައް އިންތިޒާމު ކުރުމެވެ.

މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފް އަދި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވާއިރު، ވިންޓާ ސީޒަނަށް އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމެއްވެސް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ސީ.އީ.އޯ ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މި ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

ހަމައެއާއިއެކު އެމް.އޭ.ސީ.އެލްގެ  ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެކަމަށް ވެސް ޝަރީފު އިތުރަށް ވިދާޅުވި އެވެ.

އެމްއޭސީއެލުން ދަނީ ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއި އެކު ބޭއްވުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ވީއައިއޭ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އޭގެ ތެރޭގައި މިހާރު ބޭނުންކުރާ ޓަރމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުން ހިމެނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-