-Advertisement-

-Advertisement-

ހުޅުމާލޭގައި ކުނި ބަދަލުކުރާ މަރުކަޒެއް ތަރައްޤީކުރަނީ

ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ކުނި ބަދަލުކުރާ މަރުކަޒެއް ތަރައްޤީކުރުމަށްޓަކައި ބިން ކުއްޔަށް ދިނުމަށް ތިން ފަރާތަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ކުނި މެނޭޖްކުރުން ރަނގަޅުކޮށް ކުނިން ހަކަތަ އުފެއްދުމަށް ފަންޑުކުރާ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިއެއްބަސްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި އަދި ހަކަތައާބެހޭ ވުޒާރާއާއި، މާލިއްޔަތު ވުޒާރާ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބައިވެރިވާއިރު، މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން ކުނި މެނޭޖްކުރުމުގެ ބޭނުމަށް އެއް ހެކްޓަރުގެ ބިމެއް ކުއްޔަށް ދޫކުރާނެ އެވެ.

މިމަޝްރޫޢުގެ ޑިޒައިން ފޭސް ނިމުމަށްފަހު ދަށުން 18 މަސްދުވަހުގެ ތެރޭގައި ކުނި ބަދަލުކުރާ މަރުކަޒުގެ މަސައްކަތް ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫޢަކީ ސަރުކާރުން ހިނގާ “މަގޭ ސާފު ރާއްޖެ” ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-