-Advertisement-

-Advertisement-

ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކަކުން 8 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހުޅުމާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން- ފޮޓޯ/ އިމިގްރޭޝަން

ޤަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެވެ މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ މައްސަލަ ޙައްލުކުރުުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގެ ތެރެއިން ހުޅުމާލޭގެ ދެ އެކޮޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންގޮއްސިއެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން “އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް”  ވެސް ބައިވެރިކޮށްގެން އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފަށް ބިދޭސީން އުޅެމުން ދިޔަ ދެ އެކޮމޮޑޭޝަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.

އެގޮތުން ފާއިތުވި 10 މަސް ތެރޭގައި  ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުން އައި 4،054 ބިދޭސީން ޑީޕޯޓްކޮށްލައިފައި ވާކަމަށް އިމިގްރޭޝަނުން އިއްޔެ ހާމަކުރި އެންމެ ފަހުގެ އަދާހަމަ ތަފަށް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ބައެއް ދިވެހިން އެއްބާރުލުންދޭތީ އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި، އެފަދަ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް އެއްބާރުލުން ދިނުމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ.

މިދިޔަ މަހުގެ 29 ގައި ހުޅުމާލޭގައި “މާސް އިންސްޕެކްޝަނެއް” ވެސް އިމިގްރޭޝަންގެ 200 އެއްހާ އޮފިސަރުންނާއެކު ކުރިއަށް ގެންދިޔައެވެ. އެ އިންސްޕެކްޝަންގައި 314 ތަނެއް ބަލައި ފާސްކޮށް 769 ބިދޭސީއަކާ ސުވާލު ކުރި ކަމަށް އިމިގްރޭޝަނުން މައުލޫމާތުދިނެވެ. އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-