-Advertisement-

-Advertisement-

އުމްރާނީ ގޮތުން ޤައުމު ބިނާކުރާ ފަދައިން ފިކުރީގޮތުންވެސް ޤައުމު ބިނާކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ/ ރައީސް އޮފީސް

އުމްރާނީ ގޮތުން ޤައުމު ބިނާކުރުމަށް މަސައްކަތް ކުރާ ފަދައިން ފިކުރީގޮތުންވެސް ޤައުމު ބިނާކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދިވެހިރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދަރުބާރުގޭގައި ކުރިއަށް ދިޔަ ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ޤައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

އެގޮތުން މިއަދަކީ މުދައްރިސުންގެ ދުވަސްކަމަށް ވުމާއެކު ފިކުރީގޮތުން ޤައުމު ބިނާކުރުމުގައޮ މުދައްރިސުންގެ ދައުރުގެ މައްޗަށް އަލި އަޅުވައިލައްވައި ރައީސް ވިދާޅުވީ،  އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިއްމުކަމަށެވެ.

އެގޮތުން، ދިވެހި ދަރީންނަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުޤާއި ޤާބިލުކަން ލިބިފައިތިބި ދަރީންތަކަކަށް ހަދައިދިނުމަށް، މުދައްރިސުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ހަމައެޔާއެކު މި ހުރިހާ ކަމެއްގައިވެސް އާންމު ހުރިހާ ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާނޭކަމަށާއި  އެ ފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އާރާސްތުކުރަންޖެހޭ އަޚުލާޤީ އެތައް ބިނާއެއް އެބަހުރިކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-