-Advertisement-

-Advertisement-

ޗާގޯސް މައްސަލާގައި ފިޔަވަޅު އަޅާފައި ނުވާތީވެ ޑިމޮކްރެޓުން ކަންބޮޑުވުން ފާޅުކޮށްފި

ދި ޑިމޮކްރެޓްސްގެ ޖަލްސާއެއްގެ ތެރެއިން – ފޮޓޯ: އެޓޯލްސް ޓައިމްސް

ސަރުކާރުގެ ވައުދާ އެއްގޮތަށް ޗާގޯސް މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފިޔަވަޅު އަޅާފައި ނުވާތީވެ ކަންބޮޑުވާކަމަށް ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ޑިމޮކްރެޓްސް މިރޭ އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިޔަ ސިޔާސަތު ބަދަލު ކުރީ ނިމިދިޔަ ސަރުކާރުން ކަމަށެވެ.

އެޕާޓީން ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެ ނިންމުން އަލުން މުރާޖާ ކުރާނެ ބުނެފައިވާއިރު ޗާގޯސް ރަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު އަލުން ހޯދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށެވެ.  އެއަށްފަހު އެޕާޓީން ވަނީ މި ސަރުކާރުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅަނީސް އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރަން ނިންމާފައިވާ ކަން ފާހަގަކޮށްފައެވެ.

“ޗާގޯސް ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލު ކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން ދައުވާ ކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްލައްވައި އަދި އދ. ގައި އެގޮތަށް ވޯޓު ދެއްވުމަކީ ދަ ޑިމޮކްރެޓްސްއިން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށް، ކުށްވެރި ކުރި ކަމެއް،” އެ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.

މިއާއިއެކު އެކަމަށް ދައުވާ ކުރުމުގެ ޙައްޤު ރާއްޖެއިން ދޫކޮށްލުމުގެ ސަބަބުން ނުވަތަ އެ ޙައްޤު އަލުން ހޯދައި ދިނުމަށް މަސައްކަތް ނުކުރުމުގެ ކުރުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތައް ގެއްލުން ލިބިފައިވާ ކަމަށް އެޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-