-Advertisement-

-Advertisement-

ރައީސް ޑރ މުޢިއްޒު އިންޑިޔާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކުރައްވައިފި

އިންޑިއާ ދަތުރުފުޅުގެ ތެރެއިން ޖައިޝަންކަރްއާ ބައްދަލު ކުރެއްވުން: ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ  ޑރ. އެސް ޖައިޝަންކަރުގެ އަރިހަށް ޒިޔާރަތްކުރައްވައި އެމަނިކުފާނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ އިންޑިޔާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިއަދު ނިއުދިއްލިއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުނު މަހާވަރް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން، ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ.

https://x.com/DrSJaishankar/status/1842914260860760303

އެގޮތުން ރައީސްކަމާއި ހަވާލުވެވަޑައިގެން ފަހުން އިންޑިޔާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް ޖައިޝަންކަރު ވަނީ ރައީސަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ޚާއްސަ މަޝްވަރާތަކެއް ކުރެވިގެން ދިޔަކަމުގައި ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.

މި ދެ ބޭފުޅުންގެ ބައްދަލުވުމަށްފަހު ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިޔާއާއި ރާއްޖޭގެ ގުޅުން ބަދަހިކޮށް ހަރުދަނާކުރުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމަށާއި މާދަމާ އެ ޤައުމުގެ ބޮޑު ވަޒީރާއި އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުން ވެގެންދާނީ ދެ ޤައުމުގެ ގުޅުމަށް އިތުރު ވަރުގަދަ ކަން ލިބިގެންދާނެ ފެށުމެއް ކަމަށް ކަމުގައި ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ އިންޑިޔާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-