-Advertisement-

-Advertisement-

ރައީސް މުޢިއްޒުއަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބެއް ނެތް: އައްބާސް

ފޮޓޯ: އަވަސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ކުޑަވެސް ސަބަބެއް ނެތްކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސްގެ ނައިބު ލީޑަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ކުޑަވެސް ސަބަބެއް އަދި ފެންނަން ނެތް ކަމަށާއި 25 ރަށަށް ދެވުނުއިރު މި ސަރުކާރު ރަނގަޅޭ ބުނި އެކަކާއި ވެސް ދިމާނުވާ ކަމަށެވެ.

“މިހާ އަވަހަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ވެރިކަމެއް ފާއިތުވި 17 އަހަރު ނުދެކެން. ފަށާފައި ހުއްޓިފައި ހުރި ޕްރޮޖެކްޓެއް ހުރީ ހުއްޓިފަ. އަލުން އާ ކަމެއް ނުކުރެވޭތަނުގައި ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތައް ކުޑަކުރުމުގެ ސަބަބުން އާއިލާތައް މިވަނީ ވަރަށް ބޮޑަށް ނިކަމެތި ވެފައި،” އައްބާސް

މީގެއިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ހަމަޔަކަށް އެޅި، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ބިނާކުރަނިވި ފާޑުކިޔުންތަކާއެކު ރައްޔިތުންގެ ހެވާއި ލާބައަށް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-