-Advertisement-

-Advertisement-

ރައީސްގެ ދެމަފިރި ކަނބަލުންނަށް އިންޑިޔާއިން ހޫނު މަރުޙަބާއެއް ކިޔައިފި

އިންޑިޔާއިން ރައީސް މުއިއްޒަށް ހޫނު މަެުހަބާއެއް ދެންނެވުން

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދެމަފިރިކަނބަލުންނަށް އިންޑިޔާއިން ރަސްމީ ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

އެގޮތުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރައީސްގެ ރަސްމީ ގެކޮޅުގައި ކުރިއަށް މިއަދު ހެނދުނު ކުރިއަށް ދިޔަ މި ރަސްމިޔާތުގައި އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ މަތީ ފަންތީގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަތް ދޫލައިން ކިޔުއްވި އެ މަރުހަބާގައި ރައީސް މުއިއްޒުގެ އަރިހުގައި ވަޑައިގެންނެވި 50 ބޭފުޅުންގެ ވަފުދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

https://x.com/rashtrapatibhvn/status/1843150151055212643

އިންޑިޔާގެ ރައީސްގެ ޚައްސަ ދަޢުވަތަކަށް ރައީސް މުޢިއްޒު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ އިއްޔެ ވަނީ ބައްދަލުކުރައްވައިފައެވެ.

އަދި މި ދަތުރުފުޅުގެ ތެރެއިން ރޭ، އެމަނިކުފާނު ވަނީ ދިއްލީގައި އުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ޑރ މުއިއްޒު މިއަދު އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވައި ޖުމުލަ 5 އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-