-Advertisement-

-Advertisement-

ސުކޫކު ކޫޕަނަށް ދައްކަންޖެހޭ 25 މިލިޔަން ޑޮލަރު ސަރުކާރުން ދައްކައިފި

ފޮރިން މިނިސްޓަރ މޫސާ ޒަމީރު. ފޮޓޯ: ޕީއެސްއެމް ނިއުސް

ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ނަގައިފައިވާ ސުކޫކު ކޫޕަނަށް ދައްކަންޖެހޭ 25 މިލިޔަން ޑޮލަރު ސަރުކާރުން ދައްކައިފިއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއީ 2021 ވަނަ އަހަރު ދިވެހި ސަރުކާރުން އިންޓަނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓަށް 2026 ވަނަ އަހަރު މެޗުއާވާ ގޮތަށް ދޫކުރި 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ގެ ތެރެއިން މި އަހަރުގެ ކޫޕަނަށްވާ ފައިސާ ސަރުކާރުން މިއަދު ވަނީ ދައްކައިފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނެގި މި ސުކޫކަކީ 2026 ވަނަ އަހަރާއި ހަމައަށް ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޯބަރު މަހު ސްކޫކު ހޯލްޑަރުންނަށް ފައިސާ ދައްކަން ޖެހޭގޮތަށް ނެގި ސުކޫކެވެ.

9.875 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ނަގައިފައި އޮތް މި ސުކޫކަށް މިއަހަރުގެ އެޕްރީލް މަހުގެ ކޫޕަން ޕޭމަންޓުގެ އިތުރުން މި އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ދައްކަންޖެހޭ ޕޭމަންޓާ އެއްކޮށް 49.4 މިލިއަން އެމެރިކާ ޑޮލަރު މިއަހަރު ދައްކައިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަރަނީގެ ގޮތުގައި ދައްކަންޖެހެ ފައިސާ، ދިވެހި ސަރުކާރުން ދެއްކުމަކީ އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށް ހަމަކޮށްފައެވެ.

އަދި ސަރުކާރުން މިހާތަނަށް ނަގާފައިވާ ދަރަނިތައް ޤަވާއިދުން ދައްކަމުންދާކަން ފާހަގަކޮށް، ކުރިމަގުގައިވެސް މިގޮތަށް އަމަލުކުރާނެ ކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓްރީން ދީފައިވެއެވެ.

ރާއްޖޭގެ ދަރަނި އިތުރުވެ، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1 ން ސީއޭއޭ 2ށް ދަށްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-