-Advertisement-

-Advertisement-

ރާއްޖެ އާއި އިންޑިއާ ދެމެދު ކޮންސިއުލޭޓްގެ ޚިދުމަތް ފުޅާކުރަން މަޝްވަރާކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށާއި ދިވެހިރާއްޖޭގެ އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިއަދު ދެޤައުމުގެ ވެރިން ބައްދަލުކުރެއްވުމަށްފަހު ދެއްވި ޖޮއިންޓް ސްޓޭޓުމަންޓުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންޑިއާ އަބަދުވެސް އޮންނާނީ ދިވެހީންގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ކަމަށާއި ދެޤައުމުގެ ކޮންސިއުލޭޓްގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް ނިންމަވާފައިވާކަމަށެވެ.

މޯދީ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ބެންގަލޫރުގައި ޤާއިމުކޮށް، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ޤާއިމުކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށާއި މިއާއެކު ދެޤައުމުގައި ދިރިއުޅެމުންދާ ދެޤައުމުގެ ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލޭޓްގެ ޚިދުމަތްތައް މިހާރަށްވުރެ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ.

“އައްޑޫގައި، އިންޑިއާގެ އައު ކޮންސިއުލޭޓް ޤާއިމުކުރުމަށާއި، އަދި ބެންގަލޫރުގައި ރާއްޖޭގެ އައު ކޮންސިއުލޭޓް އޮފީހެއް ހުޅުވާ ގުޅޭގޮތުންވެސްވަނީ މަޝްވަރާތައްކޮށްފައި.” މޯދީ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަން ގާއިމުކޮށްފައިވައިރު، އިތުރު ކޮންސިއުލޭޓް އޮފީހެއް އިންޑިއާގެ ޓްރެވިންޑްރަމްގައި ވެސް ވަނީ ޤާއިމުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-