-Advertisement-

-Advertisement-

ރައީސްގެ ދަޢުވަތު މޯދީ ޤަބޫލު ކުރައްވައިފި

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި -ފޮޓޯ/ ޕީއެންސީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވި ދައުވަތު މޯދީ ގަބޫލުކުރައްވައިފިއެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ހިއްސާކުރަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޤައުމުގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ، ރާއްޖެއަށް ދަތުރުފުޅެއް ކުރުމަށް ރައީސް ދެއްވި ދައުވަތު ބޮޑުވަޒީރު މޯދީ ގަބޫލުކުރައްވާފައިވާ ކަމަށެވެ.

“އިންޑިއާއިން ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ޑެލިގޭޝަނަށް ދިން މެހުމާންދާރީގެ ފުރިހަމަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވާފައި. އެ ދައުވަތު ވަނީ ގަބޫލުކުރައްވާފައި،” މިސްރީ

ރައީސްގެ ދަތުރުފުޅާ އެކު ރާއްޖެ އާއި އިންޑިއާއާއި ދެމެދު އޮތީ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ވެސް ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-