-Advertisement-

-Advertisement-

އިންޑިއާގެ ރައީސާ އާއި ރައީސް ޑރ. މުޢިއްޒު ބައްދަލުކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސާ ޑްރޫޕަތީ މޫރްމޫއާއި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ދެރައީސުން ވެސް ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެ އަކީ އިންޑިއާގެ ގާތް އަދި އިންޑިއާ އިން ގެންގުޅޭ “ނެއިބަހުޑް ޕޮލިސީ”ގެ މުހިއްމު ބައިވެރިއެއް ކަމަށް ވެސް އިންޑިއާގެ ރައީސާ ޑްރޫޕަތީ ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމަށްފަހު، ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ވެސް ވަނީ ބާއްވާފައެވެ.

އިންޑިއާގެ ރައީސާގެ ދައުވަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވެމުށްފަހު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވަނީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މާދަމާ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-