-Advertisement-

-Advertisement-

ސިއްޙީ ޚިދުމަތްތަކާ ގުޅޭ މަޝްވަރާތައް އިންޑިޔާގެ ހެލްތް މިނިސްޓަރާއެކު ރައީސް ކުރައްވައިފި

ރައީސް ޑރ. މުއިއްޒު ބީޖޭޕީގެ ރައީސްއާ ބައްދަލު ކުރައްވަނީ. - ފޮޓޯ/ރައީސް އޮފީސް

ސިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ރައީސް މުޙައްމަދު މުޢިއްޒު އިންޑިޔާގެ ޔޫނިއަން ހެލްތު މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާ އާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އިންޑިޔާގެ ރައީސްގެ ދަޢުވަތުފުޅަކަށް ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި  ރައީސް މުޢިއްޒު ވަނީ، ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ރައީސްކަންވެސް ކުރައްވާ ޖަގަތު ޕްރަކާޝް ނައްޑާއާއެކު ބޭއްވި މި ބައްދަލުވުމަކީ ދެ ޤައުމުގެ ގުޅުންތަކާއި މުހިއްމު ގިނަ ކަންކަމަކާއި ގުޅުންހުރި މަޝްވަރާތަކެއް ކުރެވިގެން ދިޔަ ބައްދަލުވުމެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މި ބައްދަލުވުމަށްފަހު، ބީޖޭޕީގެ ރައީސް “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕާޓީއާއި ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީއެންސީއާއި ދެމެދު ގުޅުން ބަދަހިކުރުމަށާއި ދެ ފަރާތުގެ ހުރި އެއްގޮތް ވިސްނުންތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުނު ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި ރައީސް ވަނީ، ސިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް އެ ޚިދުމަތުގައި ކުރިއެރުވުމުގެ ގޮތުން އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ސިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރުމާއި، ޑިޖިޓަލައިޒްކުރުން ފަދަ މުހިއްމު ކަންކަމާއި ގުޅޭގޮތުން މިނިސްޓަރ ނައްޑާ އާއި މަޝްވަރާ ކުރައްވައިފައެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިިއްޔެ ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ރަސްމީ މަޝްވަރާތައް ކުރައްވައިފައެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

މީގެ އިތުރުން ރޭ އެ ޤައުމުގެ ރައީސްވެސް ވަނީ ރައީސްއާއި ބައްދަލުކުރައްވައި ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޖާފަތެއްވެސް އަރުވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-