-Advertisement-

-Advertisement-

ރައީސްގެ ދެކަނބަލުން ތާޖްމަހަލަށް ޒިޔާރަތް ކުރައްވައިފި

ރައީސްގެ ދެކަނބަލުން ތާޖް މަހަލްގައި

އިންޑިޔާގެ ރައީސްގެ ދަޢުވަތުފުޅަކަށް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ދެމަފިރި ކަނބަލުން މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ ޤަދީމީ މަޝްހޫރު ތާޖް މަހަލަށް ޒިޔާރަތްކުރައްވައިފިއެވެ.

އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެމަފިރިކަނބަލުންނަށް އިންޑިޔާއިން އެރުވި ޕްރައިވެޓް ޓުއަރގެ ތެރެއިން އެ ދެ ކަނބަލުން ވަނީ ތާޖްމަހަލްގެ އެކި ސަރަހައްދުތައް ބައްލަވާލައްވައި އެ އިމާރާތާއި ޖެހިގެން ހުންނަ ފޯޓްތައްވެސް ބައްލަވާލައްވައިފައެވެ.

މި ޓުއަރއަށްފަހު ރައީސްގެ ދެކަނބަލުންނަށް ވަނީ، ހަދިޔާއެއް ގޮތުގައި ތާޖް މަހަލްގެ ރެޕްލިކާއެއް އަރުވާފައިވެއެވެ.

އިންޑިއާއަށް ޒިޔާރަތްކުރާ ކޮންމެ ރައީސަކަށް ވެސް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ތާޖް މަހަލްގެ ޕްރައިވެޓް ޓުއާއެއް ދެއްވައެވެ.

މުޅި ދުނިޔޭގެ ވެސް މަޤުބޫލުކަން ހޯދައިފައިވާ ތާޖް މަހަލްއަކީ އިންޑިއާގެ އާގަރާގައި 1631 ވަނަ އަހަރާއި 1654 ވަނަ އަހަރާ ދެމެދު މުގަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަހަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިިއްޔެ ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ރަސްމީ މަޝްވަރާތައް ކުރައްވައިފައެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-