-Advertisement-

-Advertisement-

މާލޭގެ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 22:01 ހާއިރު ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދި މީހަކު ޒަޚަމްކޮށްލި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މއ މަސްފަން އުމުރުން 37 އަހަރުގެ މުނީޒެވެ.

އެގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މުނީޒު ހައްޔަރުކޮށްފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި މި މައްސަލައިގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން 7 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވެފައިވާ މީހާއަށް އައިޖީއެމްއެޗުން ވަނީ ފަރުވާދީފައެވެ.

މި ހާދިސާގައި ހަމަލާދީފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އެގޮތުން އޭނާގެ ބަނޑަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު އަނިޔާތައް އެހާ ސީރިއަސް ނޫންކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-