-Advertisement-

-Advertisement-

ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ

އެލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު – ފޮޓޯ: އަވަސް

ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ފައިސާ ލިބޭ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަން ކަނޑައަޅައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް ދެ އިސްލާހެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއް އިސްލާހަކީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު އިސްލާހުކޮށް 3،000 މެންބަރުން ހަމަވާ ހުރިހާ ޕާޓީތަކާއި، 10،000 މެންބަރުން ހަމަވާ ޕާޓީތަކާއި، މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކުން ހޯދާ ކާމިޔާބީއަށް ބަލައިގެން ފައިސާ ދިނުމަށް ކަނޑައެޅުން ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ، ބަޖެޓުގެ 25 އިންސައްތަ ހާއްސަ ކުރާނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ކަމަށާއި އަނެއް 25 އިންސައްތަ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަމަށެވެ.

މީގެއިތުރުން މި ބަދަލު ގެންނަން ނިންމާފައި ވަނީ ޕާޓީތަކާއި މަޝްވަރާކުރުމަށްފަހު ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިބަދަލު ގެންނަން ނިންމާފައިވާއިރު، މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-