-Advertisement-

-Advertisement-

ހުއްދަ ނުހޯދައި އަތުޖެހި ވިއްކާ ބައެއްގެ މައުލޫމާތު އާންމުކޮށްފި

ފޮޓޯ: އަދަދު

ކާބޯތަކެތި އުފައްދާ ވއްކުމުގެ ހުއްދަ ނުނަގާ އަތުޖެހި ޕެކެޓް ވައްކަމުންދާ ބައެއްގެ ބައުލޫމާތު އެޗްޕީއޭއިން އާންމުކޮށްފިއެވެ.

އެގޮތުން އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ‘ބްރައިޓް ވިއު’ ކިޔާ ބަޔަކު ޕެކެޓް ކޮށްގެން ހިންނަވަރު އަތުޖެހި ވިއްކަމުން އަންނަކަމަށެވެ.

އެގޮތުން އެ ފަރާތަކީ “އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު  (ނަމްބަރު: MFDA- FCD GL 4-2024) ދަށުން އެޗްޕީއޭގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމުގައި އެޗްޕީއޭގެ ބަޔާނުގައި ބުނެފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ، އެ އުސޫލުގެ ދަށުން ހުއްދަ ދޫކޮށް ދަފްތަރު ކުރެވިފައިވާ ފަރާތްތައް “އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު” ގެ ނަމުގައި އެ އޮތޯރިޓީގެ “ދިރިތި” ޕޯޓަލްގެ އިތުރުން ވެބްސައިޓްގައްޔާއި މިނިސްޓްރީ އޮފް ހެލްތް ގެ ވެބްސައިޓްގައި އަދާހަމަކޮށް އާންމުކުރަމުން ދާނެ ކަމަށެވެ.

ހަމައެޔާއެކު ކާބޯތަކެތި އުފައްދައި ވިއްކުމުގައި ސަމާލުވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ އުސޫލާއި ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ދެމުން އަންނަކަން ފާހަގަވެއްޖެ ނަމަ އެ އެޗްޕީއޭގެ ނަމްބަރު: 7603204/3014361ށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކާބޯތަކެތަކެއްޗާ ގުޅޭ އައު ޤާނޫނުގެ ދަށުން ރައްކާތެރި ނޫން މިންގަނޑުތަކަށް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މައްސަލަތައް ޙައްލު ކުރުމަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-