-Advertisement-

-Advertisement-

ރައީސުލްޖުމްހޫރިއްޔާ ބެންގަލޫރަށް ވަޑައިގެންފި

އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ބެންގަލޫރަށް ވަޑައިގަތުމުގެ ތެރެއިން: އެމަނިކުފާނު އެ ތަނުގައި ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ - ފޮޓޯ/ ރައީސް އޮފީސް

އިިންޑިޔާގެ ރައީސްގެ ދައުވަތުފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިންޑިޔާގެ ބެންގަލޫރަށް މިއަދު ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނަބަލުންނަށް ބެންގަލޫރަށް ވަޑައިގަތުމުން އެ ސިޓީން ވަނީ އެ ދެމަފިރިކަނބަލުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

ބެންގަލޫރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އިއްޔެ މުމްބާއީއަށް ވަޑައިގެންފައެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އެ ތަނުގައި ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި އިންޑިއާގެ ފިލްމީ ތަރިންނާއި އިންފުލުއެންސަރުންނާ އެކު އިވެންޓެއްގައި ބައިވެރިވެވަޑައިގަތެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިިއްޔެ ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ރަސްމީ މަޝްވަރާތައް ކުރައްވައިފައެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-