-Advertisement-

-Advertisement-

ބޭރުގެ އެއްވެސް ނުފޫޒެއް ދިވެހި އަސްކަރިއްޔާއަކަށް ނެތް: ޣައްސާން

ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން

ރާއްޖެއިން ބޭރުގެ އެއްވެސް ނުފޫޒެއް ދިވެހި އަސްކަރިއްޔާއަށް ނެތްކަން ކަށަވަރުކޮށްދީފައިވާކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އިންޑިޔާގެ ރައީސްގެ ދަޢުވަތުފުޅަކަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގެން މީޑީޔާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެގޮތުން ރައީސްގެ އިންޑިޔާ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ހުރިހާ ބާރުވެރިކަމެއް ފުރިހަމައަށް އޮތީ ދިވެހިންގެ އަތުގައި ކަމަށާއި ބޭރުގެ އެއްވެސް ނުފޫޒެއް ރާއްޖޭއަށް އަސްކަރީ ގޮތުން، އަދި ދިފާއީ ގޮތުން ނުފޯރުވޭނެ ކަން ކަށަވަރު ވެފައިވާކަމަށެވެ.

އެގޮތުން މިނިސްޓަރ ވަނީ ރައީސްގެ އިންޑިޔާ ދަތުރުފުޅުގައި ރައްޔިތުންނަށް ފައިދާވާނެ ވަރަށް ގިނަ ކަންކަން ހާސިލްކޮށްފެއްވައިފައި ވާކަމަށާއި އެމަނިކުފާނުގެ އެއްވެސް ދަތުރުފުޅެއްގައި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލަށް ޒައްރެއްގެ މިންވަރުވެސް ބުރޫ އަރާފާނެ ކަމެއް ނުކުރައްވާ ކަމަށެވެ.

ހަމައެޔާއެކު އިންޑިޔާއާއެކު ވެވުނު އެއްވެސް އެއްބަސްވުމެއްގައި ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭ ފަދަ، ނޫނީ ނުރައްކާވާފަދަ އެއްވެސް ކަމެއްކުރައްވައިފައި ނުވާކަމަށާއި އެފަދަ ކަމަކަށް އެއްބަސްވެ ވަޑައިގެންފައިވެސް ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ދިވެހި ޤައުމީ ދިފާއީ ބާރުގެ ހުނަރުވެރިކަމާއި ޤާބިލްކަން ކުރިއަރުވައި އިތުރުކުރުމުގެ ގޮތުންވެސް ވެވިފައިވާ އެއްބަސްވުމުގައިވެސް ވަނީ،  ރާއްޖެއިން އެދޭ ހާލަތްތަކުގައި އެދޭ ގޮތަކަށް، ދިވެހި އަސްކަރިއްޔާގެ ޤާބިލިއްޔަތު އިތުރު ކުރުމަށް އެހީތެރިވެދިނުމުގެ ވާހަކަކަމުގައި ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އަސްކަރީގޮތުންވެސް ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް މިހާރު އައިސްފައިވާކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ، މިހާރު ރާއްޖޭގައި ބޭރުގެ އަސްކަރީ ބަޔަކު ނެތް ކަމަށާއި، ރާއްޖޭގައި ތިބީ ބޭރުގެ މަދަނި މީހުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-