-Advertisement-

-Advertisement-

ވަގަށް ނަގައިފައިވާ 12 ޕިކަޕުބެޓަރިއާއެކު 2 މީހަކު އަތުލައިގެންފި

ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން: ފޮޓޯ: ފުުލުހުން

12 ޕިކަޕު ބެޓަރި ވަގަށް ނަގައިގެން ޕިކަޕަކަށް އަރުވައިގެން ދަނިކޮށް 2 މީހަކު އަތުލައިގެންފިއެވެ.

އެގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 6:54 ހާއިރު ފަރީދީ މަގާއި، ޗާންދަނީ މަގާއި ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ދެ މީހަކަސް ޝައްކު ކުރެވިގެން އެ ޕިކަޕު މަޑުކުރުވާ ފާސްކޮށްފައިވާކަމަށެވެ.

އެގޮތުން އެ ޕިކަޕު ބަލައި ފާސްކުރި އިރު، ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ 12 ޕިކަޕް ބެޓަރީ އޭގެން ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު އެ ދެމީހުންނަކީ، ސ. މަރަދޫފޭދޫ އުމުރުން 32 އަހަރުގެ އަލީ އަހްސަން އާއި ސ. ފޭދޫ އުމުރުން 43 އަހަރުގެ މުހައްމަދު މީޒާދެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-