-Advertisement-

-Advertisement-

ގިނަ އަދަދެއްގެ ބަނގުރަލާއި އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ފޮޓޯ: ފުލުހުން

ގިނަ އަދަދެއްގެ ބަނގުރަލާއި އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ތަރިންދު މަހޭސްހަކަ, އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ރޭ ޕެޓްރޯލް ކުރަމުންދިޔަ އިރު ލިބުނު މައުލޫމާތަކާއި ގުޅިގެން، ކާރެއް ހުއްޓުވައި ބަލައިފާސް ކުރުމަށްފަހުއެވެ.

އޭނާ ދުއްވަން އިން ކާރު ހުއްޓުވައި ބަލައި ފާސްކުރުމުން 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ ދުއްވަން އިން ކާރު މިހާރު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މިމައްސަލަ އާއި ގުޅިގެން އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-