މާލެ މަޖީދީމަގު ވިލާ މާޓު ކައިރީ ކަފި ހުރަހުން މަގު ހުރަސް ކުރަން ދިޔަ 3 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވެއްޖެއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މަޖީދީމަގު ވިލާ މާޓު ކައިރީ ކަފި ހުރަހުން މަގު ހުރަސް އުޅުނު 3 އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެފައިވާ ކަމަށް މިއަދުގެ 15:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާދިސާގައި އަނިޔާވި ކުއްޖާ، ވެއްޓި ނިއްކުރިމަތި ދުޅަވެފައިވާ ކަމަށާއި އެކުއްޖާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުވަނީ ބުނެފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެކުއްޖާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސުވެސް އޮތެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައިވާ ނުވާއިރު، ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.