-Advertisement-

-Advertisement-

ތުއްތު ކުއްޖެއްގެ އަތައް ސައިކަލު ދުއްވަން ދިން މައްސަލައެއް ބަލަނީ

އާންމުވި ވީޑިއޯއިން ފެންނަ ސައިކަލު

މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭއިން ދުއްވާފައި ދިޔަ ސައިލައްގެ ކުރީގައި އިން ތުއްތު ކުއްޖެއްގެ އަތަށް ސައިކަލު ދުއްވަން ދިން މައްސަލައެއް ސަމާލުކަމަށް އައިސް އެ މައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

މިއަދު އާންމުވީ ވީޑިއޯއަކުން ފެންނަ ގޮތުގައި ސްކޫލް ޔުނީފޯމް ލައިގެން އިން ކުޑަ ފިރިހެން ކުއްޖަކު ސައިކަލެއްގެ ކުރިއަށް ލައިގެން ފިރިހެނަކު ހައިވޭގައި ދުއްވާފައި ދިޔަ އިރު ފިރިހެން މީހާ ކުއްޖާގެ އަތަށް ސައިކަލުގެ ހުންގާނު ދޫކޮށްލައިގެން އިންނަ މަންޒަރުވެސް ފެނެއެވެ.

ސައިކަލުގައި އިން ފިރިހެން މީހާ އިނީ އޭނާގެ އެއް އަތް ހުންގާނުން ދޫކޮށްލައިގެން  ވާއަތު ހުންގާނުގައި އަނެއް އަތުން ކުޑަކޮށް ހިފަހަށްޓާލައިގެންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުދިން ސައިކަލު ދުއްވުމަކީ ޤާނޫނުން މަނާކޮށްފައިވާ ކަމަށެވެ. އަދި ވަކި ސައިކަލުގެ ކުރިއަށް އަރުވާ ކުޑަކުދިން ބެލްޓް ނާޅުވައި ދުއްވުމަކީވެސް މަނާކަމެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-