-Advertisement-

-Advertisement-

ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަނީ!

މުޙައްމަދު ޝަކީލް- ފޮޓޯ/ ޙައްޖު ކޯޕަރޭޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލްގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާމުން އަންނަކަން އެނގިފައިވާތީ އެކަމަށް ސަމާލުވުމަށް އެބޭފުޅާ އެދިވަޑައިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، އެބޭފުޅާގެ ނަމުގައި އެކި ފަރާތްތަކާއި ގުޅައިގެން މަކަރާއި ޙީލަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވާކަމަށެވެ.

އެގޮތުން ގ. ދަލާސްޓް އަބްދުﷲ ރަޝީދު ކިޔާމީހަކު 7610117 ނަމްބަރުން އެކި މީހުންނަށް ގުޅައި ޝަކީލްގެ ނަމުގައި ހިންގަމުން އަންނަ މި ސްކޭމާއި މެދު ސަމާލުވުމަށްވެސް އެ ބޭފުޅާގެ ޕޯސްޓްގައިވަނީ އެދިވަޑައިގެންފައެވެ.

https://x.com/schakyyl/status/1844750614972252658

އަދި ޝަކީލްގެ ނަމުގައި އެއްވެސް މީހަކަށް ނުގުޅާނެ ކަމަށާއި އެފަދަ ކޯލެއް އަޔަސް އެޔަށް އިޖާބަނުދިނުމަށް އެދިވަޑައިގެން ޝަކީލް ވަނީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅައިފައިވާކަމަށް ވިދާޅުވެފައެވެ.

މަކަރާއި ޙީލަތް ހަދައިގެން ފޭރުމުގެ މައްސަލަތައް އިތުރުވެ އެކަމާއި މެދު ސަމާލުވުމަށް ފުލުހުންވެސް އެދެމުން އަންނަ އިރު، މިފަހުން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހީލަތުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-