މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށް ބުނެފައިވާ ގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
Alert White for strong winds and rough seas. pic.twitter.com/SLZVD28MWS
— Maldives Meteorology (@MetMaldives) October 12, 2024
އެހެންކަމުން އެއިދާރާއިން ވަނީ މިރޭގެ 19:00 އިން 12:00 އަށް ހއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެއިދާރާއިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުމަށް ރައްކާތެރިވުމަށް އެދި ސަމާލު ނެރެމުންނެވެ.