ޤަވާއިދާ ޚިލާފަށް އުޅޭ 9 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ވަނީ ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ މީހުން އަތުލައިގަތުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 6 ވަނަ ދުވަހުވެސް ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، 8 ބިދޭސީއެއް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިރެއިޑްގައި އިމިގްރޭޝަންގެ ޓްރެއިނިން އޮފިސަރުން ބައިވެރިވެފައިވާއިރު، އިމިގްރޭޝަނުން ކުރިއަށް ގެންދާ މިރެއިޑް އޮޕަރޭޝަންތަކުގައި މާލޭ ސަރަހައްދުގެ ކެފޭތަކާއި ރެސްޓޯރަންޓުތަކުގެ އިތުރުން ސެލޫންތަކާއި އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކޮށް، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަންނަނީ ޑީޕޯޓު ކޮށްލަމުންނެވެ.