މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލް މުޙައްމަދު ޔާނިޢު ހާޝިމް އައްޔަންކުރައްވައިފިއެވެ.
މިއަދު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔާނިއުއަށް އެމަޤާމަށް އައްޔަން ކުރެވުނު ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.
ޔާނިއު އެމަޤާމަށް އައްޔަންކޮށްފައި ވަނީ އެ މަޤާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވި އާތިކާ އިބްރާހިމާއި ގުޅޭގޮތުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސީއެސްސީ އަށް ޝަކުވާތަކެއް ހުށަހަޅާފައިވަނިކޮށެވެ. އެގޮތުން އެމިނިސްޓްރީގެ މުވައްޒަފުން ވަނީ މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމުގެ ތުހުމަތު އާތިކާގެ މައްޗަށް ކޮށްފައެވެ.
ކުރީގެ ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޝަންގެ ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރައްވާފައި އާތިކާގެ އެމަގާމުގައި ހުންނަވައިގެން ވެސް ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުން ލައްވައި ބައެއް ކަންކަން ކުރުވާ މައްސަލަ ވަނީ އެއިރު ފެންމަތިވެފައެވެ.
އަދި އޭގެ ސަބަބުން އޭނާ އެއިރު ސަސްޕެންޑު ވެސް ކުރިއެވެ.